ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (1)
2026 ވަނަ އަހަރު މާކުރަތު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
- 2026 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 04 ނޮވެމްބަރ 2025 ން 09 ނޮވެމްބަރ 2025ގެ މެންދުރުފަހު 14:00ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ފޮނުވަންވީ އީމެއިލް: [email protected]
4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެމްބަރ 06 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 3 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ނޮވެމްބަރ 12 ވާ ބުދަދަވަހު ދުވަހުގެ 13:15ގައި މާކުރަތު ސްކޫލުގައެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 23 ވަނަ ދުވަހުގެ 13:15 ގައިމާކުރަތު ސްކޫލުގައެވެ.
7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓު ސެކްޝަން
މާކުރަތު ސްކޫލް،
ރ. މާކުރަތު، ދިވެހިރާއްޖެ.
ފޯން: 6580333
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
