ދިވެހިރާއްޖެ
ނަންބަރު: (IUL)303-EDMS/303/2025/72
އިޢުލާން
މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމާއި ގުޅޭ
އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކަނބަލުންނަށް ހާއްޞަކޮށްގެން މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މި މުބާރާތުގައި 18 އަހަރުން މަތީގެ ހުރިހާ ކަނބަލުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެމްބަރ 6 ވާ ހޮނިހިރު ދުވަހުއެވެ.
ވީމާ، މި މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އުނގޫފާރު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:30 އާއި ދެމެދު އުނގޫފާރު ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ.
