ދިވެހިރާއްޖެ
-
މިމަރުކަޒުގެ ބަލިމީހުން ބަލާ ކޮޓަރި މަރާމާތު ކުރުމުގެ މަސައްކަތްކުރަން ބޭނުވާތީ، ކުރެވުނު ނަންބަރު: (IUL)L4-HC-AD/L4-HC/2025/1އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އާންދާސީ ހިސާބުތަކުގައިވާ މުއްދަތު ދިގުކަމަށް ފެންނާތީއާއި، އަދި އިޢުލާނާގުޅޭ ބައެއް ލިޔެކިޔުތައް ފުށޫއަރާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ.
-
މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2025 ނޮވެމްބަރު 10 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. "ރަޖިސްޓްރޭޝަން ފޯމް" ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. (މެއިލް ކުރާނީ [email protected] ށެވެ.)
-
މިމަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލްވުމެއް ނޯންނާނެއެވެ.
-
ބީލަން ބަލައިގަތުން އޮންނާނީ 2025 ނޮވެމްބަރު 16 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަދި ހުށަހަޅާފައިވާ ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހެޅި ޓައިމް ޕީރިއަޑްގެ 5 މިނިޓް ފަހުން (13:05) ގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. މަގޫދޫ ޞިއްހީ މަރުކަޒުގެ ބަލިމީހުން ބަލާ ކޮޓަރި މަރާމާތު ކުރުމުގެ މަސައްކަތްކުރުން." މިހެން ލިޔެފައި އޮންނަންވާނެއެވެ.
-
ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ/ 9991349 / 6740673 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.
