ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގ ޕެނަލްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޤާނޫނީ ވަކީލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
| 
 މަޤާމު / މަސައްކަތް  | 
 ސްޓެންޑަޑް ސެޓިންގ ޕެނަލްގެ މެންބަރު  | 
| 
 މެންބަރުން ބޭނުންވާ ޢަދަދު:  | 
  | 
| 
 މަސައްކަތަށް ހޭދަވާނެ ވަގުތު:  | 
 މި ޕެނަލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 16 އިން 20 އަށެވެ. މި މަސައްކަތަށް ހޭދަވާނެކަމަށް ލަފާކުރެވެނީ ގިނަވަގެން 3 ދުވަހެވެ. ސްޓެންޑަޑް ސެޓިންގ ޕެނަލްގެ މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކަކީ މި މަސައްކަތަށް ވަގުތު ދެއްވޭނޭ ފަރާތަކަށް ވާންވާނެއެވެ.  | 
| 
 އަސާސީ ޝަރުތުތައް:  | 
 މި މަސައްކަތަކީ ޓެކްނިކަލް މަސައްކަތަކަށްވާތީ، ޕެނަލްއަށް ކުރިމަތިލައްވާ ފަރާތްތަކުގައި އަންނަނިވި އަސާސީ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. 
  | 
| 
 މަސްއޫލިއްޔަތުތައް:  | 
  | 
| 
 މުސާރަ އާއި އެލަވަންސް:  | 
 މި ޕެނަލްގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.  | 
| 
 މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: 
  | 
 ސްޓެންޑަޑް ސެޓިންގ ޕެނަލްގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ. ގޫގްލް ފޯމް: https://forms.gle/BunH8tmSKAVhYsVU8  | 
| 
 ސުންގަޑި:  | 
 10 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 15:00  | 
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
