އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ މި ކައުންސިލްގެ ފުޑްސެލް ޓީމް ހިންގާދޭނެ ފަރާތެއް ހޯދުން (2ވަނަ)

ޕްރޮޕޯޝަލް ހުށަހެޅުމުގެ ދަޢުވަތު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ މި ކައުންސިލްގެ ފުޑްސެލް ޓީމް ހިންގާދޭނެ ފަރާތެއް ހޯދުން:

 

ގޯލްޑެން ފުޓްސެލް ޗެލެންޖު 2026 ގައި ބައިވެރިވާ މިކައުންސިލްގެ ފުޓްސެލް ޓީމުގެ ޕްރެކްޓިސްތަކާއި ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާ، މަތިވެރީގެ ކްލަބް/ޖަމިއްޔާ ތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނާގުޅިގެން މި ކައުންސިލްގެ ނަމްބަރު (IUL)342/2025/102 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީވެ، އެ އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ.

ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ނޮވެންބަރު 9ވާ އާދިއްތަ ވާ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]  މެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސްތައް މެއިލް ކުރެވޭނެއެވެ.
  • މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުން 2025 ނޮވެންބަރު 9ވާ އާދިއްތަ ދުވަހުގެ 13:15 ގައި ކައުންސިލް މީޓިންގ ހޯލްގައި އޮނާނެއެވެ.

ބީލަން ހުށައެޅުން

 

  • ބިޑް ބަލާގަތުމާއި ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 13 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި އަދި އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     8 ޖުމާދަލްއޫލާ 1447

                    30  އޮކްޓޫބަރު 2025 

30 އޮކްޓޫބަރު 2025
ހޯދާ