އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ އާޓް އެގްޒިބިޝަންގެ ކުރެހުންތައް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

އައްޑޫ އާޓް އެގްޒިބިޝަންގެ ކުރެހުންތައް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

        އައްޑޫ އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ނަންބަރު:  (IUL)426-AB/426/2025/582ގެ ދަށުން ކުރެއްވި އިޢުލާނާއެކު ޝާއިޢުކުރެވުނު މައުލޫމާތު ޝީޓަށް ބައެއް އިސްލާހުތައް ގެނެވިފައިވާކަން ދަންނަވަމެވެ.

        މި އިސްލާހުތަކުގެ ސަބަބުންނާއި، ސްކޫލްތަކުން އިތުރު ވަގުތަށް އެދިވަޑައިގެންފައިވާތީ، އާޓްވޯކްސް ހުށަހެޅުމަށް ކުރިން ކަނޑައެޅިފައިވާ މުއްދަތު ވަނީ ބަދަލުކުރެވިފައެވެ.

        މިހާރު ގެނެވިފައިވާ ބަދަލަކާއި ގުޅިގެން، މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ކުރެހުންތައް ހުށަހެޅުމުގެ ސުންގަޑި 2025 ނޮވެމްބަރ 04 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް އިތުރުކުރެވިފައިވާކަން ދަންނަވަމެވެ.

09 ޖުމާދަލްއޫލާ 1447

31 އޮކްޓޫބަރު 2025

31 އޮކްޓޫބަރު 2025
ހޯދާ