ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ނިލަންދޫ ކައުންސިލްގެ "ރާވެރިޔާ ވޮލީ މުބާރާތް 2025" ގައި ގާޑިޔާ/ ކެންޓީން ހިންގުމަށް 01 ބިންދޫކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ:

ގއ.ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން   01 ނޮވެމްބަރ  2025  ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ މެޗްތައް ކުރިއަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ގާޑީޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމަވެ.

             ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން   01 ނޮވެމްބަރ 2025 ވަނަ ދުވަހުގެ   10:00 އަށް  ކައުންސިލް އިދާރާއަށް  ވަޑައިގެން  ފޯރމް ހުށަހެޅުއްވުން އެދެމެވެ.   މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ .މި އިޢުލާނާއިއެކު ގާޑިޔާ ކެންޓީން ދޫކުރުމާއިގުޅޭ  އުޞޫލު ޢާއްމުކުރީމެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

 

             

31 އޮކްޓޫބަރު 2025
ހޯދާ