ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގެސްޓް ހައުސް ހަދާ ހިންގުމަށް އއ. މަތިވެރީ ޓޫރިޒަމް ޒޯން 2 ގެ ބިން 4 ކުއްޔަށް ދޫކުރުން
ގެސްޓް ހައުސް ހަދާ ހިންގުމަށް މިރަށުގެ ގެސްޓްހައުސް ޒޯން 2 ގެ ބިން 4، 5000 (ފަސްހާސް) އަކަފޫޓުގެ ބިން 30 (ތިރީސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/10,000 (ދިހަހާސް) ރުފިޔާއެވެ. ބިޑް ރަޖިސްޓްރީ ފޯމާއެކު ފީ ދެއްކުމުން ބީލަން ފޮތް ލިބިލައްވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- މި ބީލަމާއި ގުޅިގެން މައުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން މި ކައުންސިލްއަށް 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން ހުށަހަޅަންވާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
|
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
8 ޖުމާދަލްއޫލާ 1447
30 އޮކްޓޫބަރު 2025