ދިވެހިރާއްޖެ
ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓިސް
ސަޕްލައި އެންޑް ޑެލިވަރީ އޮފް އެމަރޖެންސީ ވެހިކަލް ފޮރ އެން.ޑީ.އެމް.އޭ.
(ރިފަރަންސް ނަންބަރު: MV-MONPI-516774-GO-RFB)
1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކްގެ އެހީގައި ހިގަމުންދާ މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް (އެމް.ޔޫ.ޑީ.އާރް.) ޕްރޮޖެކްޓުގެ ދަށުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އަށް ބޭނުންވާ އެމަރޖެންސީ ވެހިކަލް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2. ވީމާ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް މަތީގައި ބަޔާންކޮށްފައިވާ ވެހިކަލް ސަޕްލައި އެންޑް ޑެލިވަރީ ކުރުމުގެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
3. މި ބީލަމަށް ކުރިމަތިލާ ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަކުން ބީލަމުގައި ހިމެނިފައިވާ ހުރިހާ އައިޓަމްތަކަކަށް އަގު ހުށަހަޅަންވާނެއެވެ. މި ތަކެތި ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ މުއްދަތީ 90 (ނުވަދިހަ) ދުވަހެވެ. އަދި މި ބީލަމުގައި މާރޖިނަލް ޕްރިފަރެންސް ހިމެނިފައެއް ނުވެއެވެ.
4. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުޞޫލުގެ މަތިން، ވާރލްޑް ބޭންކް ގައިޑްލައިންސް: އައި.ޕީ.އެފް. ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތްކުރާނެ ފަރާތެއް ހޯދުން – ސެޕްޓެމްބަރ 2025 ގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.
5. ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/30,000.00ރ (ތިރީސްހާސް ރުފިޔާ) ހަށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
6. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނި 13 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
7. މިމަސައްކަތާއިބެހޭ ބީލަން ފޮތް 4 ނޮވެމްބަރ 2025 އިން 20 ނޮވެމްބަރ 2025 އަށް ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން، ސޮފްޓް ކޮޕީ ފޯމެޓްގައި އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
8. މިޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާމާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. ޕްރޮކިއުމަންޓް ރެގިއުލޭޝަންސްގައިވާ ގޮތުގެ މަތިން ބީލަން ކާމިޔާބުވާ ފަރާތުގެ ބެނެފިޝަލް އޯނަރޝިޕް، ބީލަންފޮތުގައި ހިމެނިފައިވާ ފޯމުގައިވާ ގޮތުގެ މަތިން ހާމަ ކުރަންވާނެއެވެ.
10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ
ދަރުބާރުގެ، އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ
އީމެއިލް:[email protected]
ކޮޕީ: [email protected]
