ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045 " އެންމެންނަށް ފާގަތިކަން އެކުލަވާލުމުގައި އެންމެހައި ފަރާތްތަކުގެ ބައިވެރި ވުމާއިއެކު މަޝްވަރާކޮށް ހިޔާލު ހޯދުމަކީ މިޕްލޭން ތައްޔާރު ކުރުމުގެ ވަރަށް މުހިންމު މަރުހަލާ އަކަށްވާތީ މި މަޝްވަރާތަކުގެ މަގްޞަދަކީ މި ޕްލޭނަކީ ރާއްޖޭގެ ހުރިހައި ރަށްރަށުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކުރެވިގެން އެކުލަވާލެވޭ ޕްލޭނަކަށް ހެދުމެވެ. މިގޮތުން ޓައުންހޯލް ބައްދަލުވުން ރަށުފެންވަރުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޓައުންހޯލް ބައްދަލުވުންތަކުގެ މަގްޞަދަކީ ކައުންސިލާއި އެކި ދާއިރާތަކުގެ އޮފިޝަލުންނާއި ،އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ފަންނުވެރިންނާއި އުފެއްދުންތެރިންނާއި ވިޔަފާރިކުރާ ފަރާތްތަކާއި،މަދަނީ ޖަމިއްޔާތަކާއި ރަށްވެހިން އެއްތަނެއްގައި ޤައުމީ ތަރައްޤީއާ ގުޅޭ ގޮތުން މަޝްވަރާކޮށް ދިގު ރާސްތާގެ ތަރައްޤީގެ ތަސައްވަރެއް އެކުލަވާލުމުގައި ރަށުގެ ރަށްޔިތުންނާއި ރަށްވެހިން (ޒުވާނުންނާއި، އަންހެނުން ނާއި، ޢުމުރުން ދުވަސްވީ މީހުން ހިމެނޭގޮތަށް ) ބައްދަލުވުން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިމަޝްވަރާ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު 01 ވަނަ ދުވަހު ރޭ 20:30 ގައެވެ. ރައްޔިތުންނަށް އަންގާ އިޢުލާން ކުރަމެވެ.
