|   އެންޓިކޮރަޕްޝަން ކޮމިޝަން މާލެ، ދިވެހިރާއްޖެ |       | 
| މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:  (IUL)123-HR/123/2025/90 އިޢުލާނަށް އެކަށީގެންވާ ފަރާތެއް ލިބިފައި ނުވާތީ ދެވަނަ (02) ފަހަރަށް އިޢުލާން ކުރަމެވެ. | 
| ވަޒީފާގެ ފުރުޞަތު | ތާރީޚް: | 08 ޖުމާދަލްއޫލާ 1447 30 އޮކްޓޫބަރު 2025 | 
| ނަންބަރު: | (IUL)123-HR/123/2025/103 | 
| މަޤާމް: | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| ކްލެސިފިކޭޝަން: | އެޑްމިނިސްޓްރޭޓިވް އޮފިސަރ ގރ 2 | 
| ވަޒީފާގެ ބާވަތް: | ދާއިމީ | 
| ޑިވިޝަން: | މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ | 
| މަސައްކަތް ކުރަންޖެހޭ ތަން: | އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ | 
| މުސާރަ: | -/8000 (އަށް ހާސް ރުފިޔާ) | 
| ޑެއިލީ އެލަވަންސް: |     -/207  (ދުއިސައްތަ ހަތް ރުފިޔާ) | 
| އޯވަރޓައިމް އެލަވަންސް: | އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ބޭނުންވާ ޢަދަދު | 01 (އެކެއް) | 
| މަޤާމުގެ ޝަރުޠު | 
އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1 ގެ މަޤާމުގައި 3 އަހަރު ދުވަހު އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި 3 އަހަރުގެ އެވްރެޖް 80 އިންސައްތަ އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ފާއިތުވި އަހަރު 80 އިންސައްތައަށްވުރެ މަތިން ޕޮއިންޓް ލިބިފައިވުން.  ނުވަތަމަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން   ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން) | 
| މަޤާމާއި ގުޅޭ ދާއިރާތައް: 
އެޑްމިނިސްޓްރޭޝަންމެނޭޖްމަންޓް   މަޤާމުގެ ތަޢުލީމީ ރޮނގުތައް: 
އެޑްމިނިސްޓްރޭޝަންމެނޭޖްމަންޓް   | 
| މައިގަނޑު މަސައްކަތް: | 
އެކެޑަމީއަށް ލިބޭ ލިޔެކިއުން ބަލައިގަނެ އެންޓްރީކޮށް، ޖަވާބު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން ލިޔެކިއުންތައް ފަސޭހައިން ފެންނާނެގޮތަކަށް، ތަރުތީބުކޮށް ރައްކާތެރިކަމާއެކު ފައިލްކުރުންއެކެޑަމީއިން ފޮނުވަންޖެހޭ ލިޔެކިއުން ތައްޔާރުކޮށް ފޮނުވުމާއި ޑިސްޕެޗް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުންބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖައްސައި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުންއެކެޑަމީއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ބޭނުންވާ އިދާރީ އިންތިޒާމް ހަމަޖެއްސުންއެކެޑަމީގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފިޒިކަލް އެރޭންޖްމެންޓްސް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.އެކެޑަމީއިން ބޭރުގައި ނުވަތަ އަތޮޅުތެރޭގައާއި ރާއްޖެއިން ބޭރުގައި ހިންގާ ޕްރޮގްރާމްތަކުގެ ލޮޖިސްޓިކްސް އިންތިޒާމްތައް ހަމަޖެއްސުންކޯސްތަކަށް ވަނުމަށް އެދި ލިބޭ ފޯމްތައް ޗެކްކޮށް ބަލައިގަތުމާއި އެ މަޢުލޫމާތު ކަނޑައެޅިފައިވާގޮތަށް އެކަޑެމީގެ ވިޔުގައަށް އެޅުންއެކެޑެމީއިން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ދަރިވަރުންގެ ރެކޯޑްސްތަކާއި ތަފާސްހިސާބު ބެލެހެއްޓުންދަރިވަރުންގެ މަޢުލާމާތު ހޯދުމުގައާއި ބެލެހެއްޓުމުގައި ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދުން ނުވަތަ ކަމާގުޅޭ ފަރާތްތަކުގެ ސަމާލުކަން ގެނައުންޓްރޭނިންގ / ކޯސްތަކުގެ ޓީޗިންގ އަދި ލަރނިންގ މެޓީރިއަލްސް ހޯދައި ތަރުތީބުން ބެލެހެއްޓުން   | 
| މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު | 
ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ  )ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 ) | 
| އެޕްލިކޭޝަން ސުންގަޑި: | 09 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. | 
| ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި | 
ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )   | 
| އިތުރު މަޢުލޫމާތު | 
ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފަޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. | 
| އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު ނަންބަރު: 3015217 / 3015265 އީމެއިލް: [email protected]   | 
|  |  |  |  |  |