ދިވެހިރާއްޖެ
ނ.ލަންދޫ ފިރިހެނުންގެ މިސްކިތް ''މަސްޖިދުލްލުބާބު'' ސީލިންގ ގައި ހަރުކުރުމަށް ބޭނުންވާ 3 އެއަރކޮންޑިޝަން ޔުނިޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، މިއިދާރާއިން ކުރި ނަންބަރު: (IUL)289/289/2025/38 އިޢުލާންގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެއިޢުލާން ބާޠިލުކޮށް އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، މިރަށު މަސްޖިދުލްލުބާބަށް ބޭނުންވާ 3 އެއަރކޮންޑިޝަނަރ ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/(18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/(19 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ .
ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 09 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ،ރަޖިސްޓްރޭޝަންފީ ޓްރާންސްފާރކޮށް، ޓްރާންސްފާރ ސްލިޕް [email protected] މެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓްރޭޝަންފީ -/500 ރުފިޔާ ޓްރާންސްފާރ ކުރައްވާނީ މިއިދާރާގެ އެކައުންޓް: 1329 ރެވެނިއު 1 ، 7720700408001 އަށެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ 13 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 00:11 ގެ ކުރިން މިކައުންސިލުގެ އިދާރާއަށެވެ. އަންދާސީ ހިސާބު އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އަންގައިދޭ ސިޓީއަކާއިއެކު ފޮނުއްވުން އެދެމެވެ .އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައިވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަމްބަރު 6563759 ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
