މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ

          ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު (2025/G-15) ގެ ދަށުން މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ބައެއް މީޑިއާ ތަކާއި އަމިއްލަ ބައެއް ފަރާތްތަކުން އެ އުސޫލާމެދު ކަންބޮޑުވުން ފާޅުކުރަމުން ދާތީ ދަންނަވަމަވެ.

          އުސޫލު އެކުލަވާލެވިފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި، ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކުގައި ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްއެމްބީސީ އިން ކަމަށް މި މިނިސްޓްރީން ދެކޭތީ، މަތީގައި ދެންނެވި އުސޫލާ ގުޅިގެން މި މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ޙަވާލު ކުރުމަށް ނިންމައިފީމެވެ.

          މިކަމާބެހޭގޮތުން މި މިނިސްޓްރީން ކުރި ނަންބަރު : (IUL)493-MR/1/2025/3 11 ސެޕްޓެމްބަރ 2025) ގެ އިއުލާން އާއި ނަންބަރު (IUL)493-MR/1/2025/4 (25 ސެޕްޓެމްބަރ 2025) ގެ އިއުލާންއާ ގުޅިގެން ލިބުނު ހުށަހެޅުންތަކުގެ ދަށުން އެކުލަވާލި އިޤްރާރުވެސް މި ހިސާބުން ބާތިލު ވީކަމުގައި ދަންނަވަމެވެ.

30 އޮކްޓޫބަރު 2025
ހޯދާ