އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ގެއެއް ކުއްޔަށް ހިފުމާ ގުޅޭ

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާ ގުޅޭ:

              މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އިން މިއަވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށާފައިވާތީ، މި މަސައްކަތް ކުރާ މުވައްޒަފުން ބޭތިއްބުމަށް 25 އޮކްޓޫބަރު 2025 އިން ފެށިގެން 03 މަސް ދުވަހަށް 03 ކޮޓަރި، 03 ފާޚާނާ، ސިޓިންގރޫމް، ބަދިގެ އަދި ކާތަން ހިމެނޭ ގޮތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

              ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ގެ ދޫކުރެވޭނެ އަގު، ވެރިފަރާތުގެ ތަފްޞީލް (ނަން، އައިޑީކާޑް ކޮޕާ، ގުޅޭނެ ނަންބަރު) އަދި ތަނުގެ ފޮޓޯ މި އޮފީހުގެ މެއިލް [email protected] އަށް 06 ނޮވެންބަރު 2025ގެ 12:00ގެ ކުރިން ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.

07 ޖުމާދަލްއޫލާ 1447

30 އޮކްޓޫބަރު 2025

30 އޮކްޓޫބަރު 2025
ހޯދާ