މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމްތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

މި މިނިސްޓްރީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމްތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

01. މި މިނިސްޓްރީގެ ބޭނުމަށް 15 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

02. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

03. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެންބަރު 09 ވާ އާދިއްތަ ދުވަހުގެ 10:00 ގެ  ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ނޮވެންބަރު 12 ވާ ބުދަ ދުވަހުގެ 14:00 ގެ  ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

eportal.msfd.gov.mv

މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ. އަދި އަދި އިޢުލާނާއި ގުޅޭ  އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މަތީގައިވާ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެވެ.

https://myoffice.msfd.gov.mv/forms/id/21

05. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

06. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ނޮވެންބަރު 18 ވާ އަންގާރަ ދުވަހުގެ 10:00ގައެވެ.  

08. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މި ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ޕްރޮކިއުމަންޓް ސެކްޝަން،

    އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
    ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ

    ފޯން ނަންބަރު: +960 3013017

    އީމެއިލް:   [email protected]

    ކޮޕީ: [email protected]

30 އޮކްޓޫބަރު 2025
ހޯދާ