ދިވެހިރާއްޖެ
މި ސްކޫލްގެ ސްޓާފް ރޫމަށް 35 ވޯރކް ސްޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
1 މި ސްކޫލްގެ ސްޓާފްރޫމަށް 35 ވޯރކް ސްޓޭޝަން ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މި ޕްރޮޖެކްޓާގުޅޭ ބިޑް ޑޮކިއުމަންޓްތައް މިހާރުން ފެށިގެން ރަސްމީގަޑީގައި މިސްކޫލްއިން ލިބެން ހުންނާނެއެވެ.
3 މިޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 10 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް " ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މި ސްކޫލަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މި ސްކޫލްގެ އީމެއިލް އެޑްރެހަށް " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރިވުމަށް ދަންނަވަމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށައަޅަ ފަރާތުގެ ޒިންމާއެކެވެ.
4 މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
5 ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 20 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ކިހާދޫ ސްކޫލްގައެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ފޮތާއި ބިޑް ފޯމް ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.
7 މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިހާދޫ ސުކޫލް / ބ. ކިހާދޫ
ފޯން: 6600017
އީ-މެއިލް: [email protected]
08 ޖުމާދަލްއޫލާ 1447
30 އޮކްޓޯބަރ 2025
