މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވައިލުން

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާބެހޭ ވުޒާރާއިން ރަށްރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭނެ އުޞޫލުން މަސައްކަތް ކުރިޔަށްގެންދިއުމަށް "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ" އެއް އެކުލަވައިލެއްވުމަށް ބޭނުންވާކަން ވަނީ ދަންނަވާފައެވެ.

ވީމާ، ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން މި ކޮމިޓީގައި ބައިވެރިވުމަށްއެދިލައްވާ ފަރާތްތަކުން ތިރީގައިވާ ފޯމް 2025 ނޮވެންބަރު 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފުރުއްވައި ބައިވެރިވެދެއްވުން އެދެމެވެ.

ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް: https://shorturl.at/T1T1i

ފޯމް ފުރުމުގައި ކޮންމެ ބޭފުޅަކުވެސް ފާހަގަޖައްސަވާނީ ފާހަގަޖައްސަވާން ހުރި ގޮޅިތަކު ތެރެއިން އެއް ގޮޅިއެއްގައެވެ.

30 އޮކްޓޫބަރު 2025
ހޯދާ