ދިވެހިރާއްޖެ
ނަންބަރ:GS149/IUL-2025/10
އިޢުލާން
2026 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2026 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.
1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޮކްޓޫބަރ29 އިން 2025 ނޮވެމްބަރ 06 އާއި ދެމުދުގެ ރަސްމީ ދުވަސްތަކުގެތެރެއިން ދުވަހެއްގައި (8:00 އިން 14:00އާއި ދެމެދު) ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮމެމްބަރ 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. މި ބީލަމާއިގުޅޭ މަޢުލޫމާތު ޝީޓް ބީލަންފޮތުގެ ސެކްޝަން 7 ގައި ހިމަނާފައިވާނެއެވެ. އަދި ބީލަންފޮތް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ.
3. ބިޑް ހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2025 ނޮމެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ސްކޫލްގެ ގުރޭޑް 10 ގެ ކުލާސްރޫމް ގައެވެ.
ވީމާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
ނޯޓް : ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް [email protected]
29 އޮކްޓޫބަރ 2025
