މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓުގެ ގުރުއަތުލުމުގެ އިއުލާނު ބާޠިލް ކުރުމާ ގުޅޭ

އިޢުލާނު

            ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު:2025/F12C/CIV/46 ގަޟިއްޔާގެ ވަގުތީ ޢަމުރާއި ގުޅިގެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ.ތުޅާދޫގައި ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ގުރުއަތުލުމާއި ގުޅޭގޮތުން މި އިދާރާއިން ކުރިން އާއްމުކޮށްފައިވާ ނަމްބަރު (IUL)321/321/2025/261 އިޢުލާން ބާތިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

            އެހެންކަމުން، 2025 އޮކްޓޯބަރ 31 ވާ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގުރުއަތު ނެގުން މަޑުޖައްސާލާފައިވާ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

29 އޮކްޓޫބަރު 2025
ހޯދާ