ދިވެހިރާއްޖެ
އިނގުރައިދޫ ސްކޫލް Inguraidhoo School
ރ. އިނގުރައިދޫ، ދިވެހިރާއްޖެ R.Inguraidhoo / Republic of Maldives
ނަންބަރ: GS124/IUL/2025/13
އިޢުލާން
2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާގުޅޭ:
1 ޖެނުއަރީ 2026 ން 31 ޑިސެމްބަރ 2026 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00ގެ ކުރިން 6580012 ނުވަތަ 7555737،އަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ރަޖިސްޓްރީ ވާ ފަރާތުގެ ނަން:
- ރެޖިސްޓްރީ ނަންބަރ
- އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ
ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ 6 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އިނގުރައިދޫ ސުކޫލް އޮފީހުގައިއެވެ. މައުލޫމާތު ދެވޭ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތެއްގެ ބިޑް ބަލައިނުގަނެވޭނެ އެވެ.
އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 9 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 11:30ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި އިނގުރައިދޫ ސްކޫލްގައެވެ. ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 6580008 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނަމަ [email protected] ށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
07 ޖުމާދަލްއޫލާ 1447ހ
29 އޮކްޓޯބަރު 2025މ
ސަޢީދު އިބްރާހިމް
( ޕްރިންސިޕަލް )
