ދިވެހިރާއްޖެ
އަނގޮޅިތީމުގައި ކުޅިވަރުގެ ރޫޙް ދިރުވާ އާލާކުރުމަށާއި، ރަށުގައި ހުނަރުވެރި ފުޓުބޯޅަ އަދި ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، މިރަށަކީ ޞިއްޙީގޮތުން ދުޅަހެޔޮ އެކުވެރި އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމަށާއި، ފުޓުބޯޅަ އަދި ހޭންޑްބޯޅަ އަށް އަހުލުވެރި ޒުވާން ޖީލެއްއުފެއްދުމުގެ މަޤްޞަދުގައި މިއިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އަނގޮޅިތީމު ކައުންސިލްގެ ސްޕޯރޓްސް ފިއެސްޓަރ 2025 ޑިސެމްބަރ 30ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފިއެސްޓަރގެ ފުޓުބޯޅަ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 9 އަސައިޑް އަށެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމް ތަކުން 11 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި މުބާރާތުގެ ގަވާއިދު މި އިދާރާގެ ކައުންޓަރުން 01 ޑިސެމްބަރ 2025ގެ ފަހުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
