މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރޭ ޖަނަވާރު ގެންގުޅުމަށް ކުލީ ބިން ދޫކުރުމާއި ގުޅޭ

ދިރޭ ޖަނަވާރު ގެންގުޅުމަށް ކުލީ ބިން ދޫކުރުމާއި ގުޅޭ

ށ. ޅައިމަގު ސަރުދާރުމަގުގެ ހުޅަނގުން ޕޯޓްރީ ފަރމް ހިންގުމަށް ކުލީބިމުގެ ގޮތުގައި، 2000 އަކަފޫޓުގެ 3 ބިމާއި، 1200 އަކަފޫޓުގެ 5 ބިން ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ބިން ކުއްޔަށް ނެގުމަށް އެދި ކުރިމަތިލެވޭނީ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.                                                              

-      އަމިއްލަ ފަރުދުން.

-          ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތައް.

-          އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތައް.

 

މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2025 ނޮވެމްބަރ 4 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް އަދި މިކަމާއި ގުޅޭގޮތުން ޅައިމަގު ކައުންސިލުން އެކުލަވާލައިފައިވާ އުސޫލު، ގެޒެޓް ކޮށްފައިވާ އިޢުލާނުގައި އެޓޭޗް ކުރެވިފައި ވާނެއެވެ.                                               

-          މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.

-          ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

 

ޕްރޮޕޯސަލް ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 9 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ހުށަހަޅަންޖެހޭނީ ކޮންމެ ބިމަކަށް ވަކި ޕްރޮޕޯސަލެކެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ޕްރޮޕޯސަލް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ޗާޓުގައި ބިމަށް ދީފައިވާ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ޕްރޮޕޯސަލްތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ. ށ. ޅައިމަގު ސަރުދާރުމަގު ހުޅަނގު ސަރަހައްދުން ޕޯޓްރީ ފަރމް ހިންގުމަށް ކުލީބިން ދޫކުރުމާއިގުޅޭ އިތިރު މަޢުލޫމާތު ހޯއްދެވުމަށް، މިކައުންސިލްގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.                                                                        

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

28 އޮކްޓޫބަރު 2025
ހޯދާ