ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ ކައުންސިލް އިދާރާގެ ނަންބަރު: 03 ކޮޓަރި، ދެއްވާ މަޢުލޫމާތު އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ތިމަރަފުށީ ކައުންސިލް އިދާރާގެ ނަންބަރު: 03 ކޮޓަރި، ދެއްވާ މަޢުލޫމާތު އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ތ. ތިމަރަފުށީ ކައުންސިލް އިދާރާއިން ދޭ މައުލޫމާތާއި އިރުޝާދާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކައުންސިލް އިމާރާތުގެ ނަންބަރު: 03 ކޮޓަރި، ޕާސްޕޯޓު ހެއްދުމަށާއި އެކަމާއި ގުޅޭ ހިދުމަތްތައް ދިނުމަތްދޭ ތަނެއް ހެދުމަށް ކުރަންޖެހޭ މަރާމާތުތަކަކާއި މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި އޮންނާނެއެވެ. އަދި އަގު ހުށައެޅުން އޮންނާނީ 09 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މި އިދާރާގައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކުރެވިގެން ހިންގާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށާއި، ކުންފުނިތަކަށެވެ.

އަދި މައުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރު ނުވާ އެއްވެސް ފަރާތަކުން ހުށައަޅާ އަގު ބަލައެއް ނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6780805 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

29 އޮކްޓޫބަރު 2025
ހޯދާ