އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - ކުޑަކުދިންގެ ޕާރކު ޒީނަތްތެރި ކުރުމަށް ގަސް ހަދިޔާކުރުން
އިޢުލާން
ކުޑަކުދިންގެ ޕާރކު ޒީނަތްތެރި ކުރުމަށް ގަސް ހަދިޔާކުރުން
ހުޅުދޫގެ ބަނދަރު ސަރަހައްދުގައި އަލަށް ހަދާ ކުޑަކުދިންގެ ޕާރކް އަދި ވަށައިގެންވާ ސަރަހައްދު ލޭންޑްސްކޭޕްކޮށް ގަސް އިންދުމަށް ބޭނުންވެއެވެ. މި ޕާރކަކީ ވަރަށް ބޮޑު ސަރަހައްދަކަށްވެފައި ގިނަ އަދަދަކަށް ގަސް ބޭނުން ވާތީ ގަސް ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ގަސް ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 29 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ހުޅުދޫ އަވަށު އޮފީހަށް ގަސް ހަވާލުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ. ހުޅުދޫގެ އިޖްތިމާޢީ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަނގަކޮށް މިފުރުޞަތުގައި ޝުކުރު އަދާކުރަމެވެ.
07 ޖުމާދަލްއޫލާ 1447
29 އޮކްޓޯބަރ 2025
29 އޮކްޓޫބަރު 2025
ހޯދާ
