އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގެ ސަބްމިޝަން ޑޭޓް އެކްސްޓެންޑްކުރުން

އިޢުލާން

 

އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގެ ސަބްމިޝަން ޑޭޓް އެކްސްޓެންޑްކުރުން

އިންޓަރ ސްކޫލް އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)426-AB/426/2025/571 އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ އިންފޮމޭޝަން ޝީޓަށް ބައެއް އިސްލާހުތައް ގެނައުމާއި ގުޅިގެން އާޓް ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތަށް ވަނީ ބަދަލު  ގެނެވިފައެވެ. މި ބަދަލުތައް ގެނެވުނީ ސްކޫލްތަކަށް އިތުރު ވަގުތު ބޭނުންވާކަމަށް އެދުމާއި ގުޅިގެންނެވެ. 

މި ގެނެވުނު ބަދަލާއި ގުޅިގެން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އާޓް ހުށެހެޅުން 2025 ނޮވެމްބަރ 04 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ އިތުރުކުރެވިފައެވެ. އަދި މުބާރާތުގެ އުމުރުފުރާތަކަށް ބަދަލުތައް ގެނެވިފައިވާތީ، މުބާރާތާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ޝީޓަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް މި އިޢުލާނާއި އެކު ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެ ވާހަކަ ދަންނަވާލީމެވެ.

06 ޖުމާދަލް އޫލާ 1447

28 އޮކްޓޯބަރ 2025

28 އޮކްޓޫބަރު 2025
ހޯދާ