ދިވެހިރާއްޖެ
މިސްކޫލުގެ ނަންބަރު GS146/IUL/2025/33 (23 އޮކްޓޯބަރ 2025) އިޢުލާނުގައި ބަޔާންކޮށްފައިވާ ސްކޫލުގެ ހޯލު ޢިމާރާތުގެ ދިޔަދޮވި ބަދަލުކުރުމާއި، އަސްކަނި މަރާމާތުކުރުމުގެ މަސައްކަތަށް ބީލަން ހުށައެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި އަކީ، 2025 ނޮވެމްބަރު 02 ވަނަ ދުވަހުގެ 13:00 ގައި ކަމުގައި ދެންނެވިފައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ނަމްބަރު 2025/18 (23 އޮކްޓޯބަރ 2025) ދެންނެވުމުން 2025 ނޮވެންބަރު 2 ވާ އާދީއްތަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ.
ވީމާ، ކ. ގުޅީ ސްކޫލުގެ ހޯލު ޢިމާރާތުގެ ދިޔަދޮވި ބަދަލުކުރުމާއި، އަސްކަނި މަރާމާތުކުރުމަށް ކޮށްފައިވާ މިސްކޫލުގެ ނަންބަރު GS146/IUL/2025/33 (23 އޮކްޓޯބަރ 2025) އިޢުލާނުގެ 5 ނަމްބަރުގައިވާ ބީލަން ހުށައެޅުމުގެ ސުންގަޑި އަންނަނިވި ގޮތަށް ބަދަލުކޮށްފީމެވެ.
5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2025 ނޮވެމްބަރު 04 ވަނަ ދުވަހުގެ 13:00 ގައި ކ. ގުޅީ ސްކޫލު އޮފީހުގައެވެ.
