ދިވެހިރާއްޖެ
ގޯތިދޫކުރުމަށްޓަކައި ވިލަރެސްކޮމިޓީ އެކުލަވާލުން
ގޯތީ ދޫކުރަމަށްޓަކައި ވިލަރެސްކޮމިޓީއަށް ޢާންމުންގެ ތެރެއިން 3 މެންބަރުން ހޯދުމަށް ކުރި މި ކައުންސިލުންގެ ނަންބަރު : (IUL)325-MS/325/2025/81 ( 19 އޮކްޓޯބަރ 2025) އިޢުލާނާއި ގުޅިގެން ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތި އިތުރު 2 މެންބަރުން ހޯދުމަށް ބޭނުންވެއެވެ. ޢާންމުންގެ ތެރެއިން އަދި 2 މެންބަރުން ހޮވުމަށް ކަނޑައެޅިފައިވާތީވެ މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، 2025 ވަނައަހަރު ގެވަޅުކޮމިޓީއަށް ޢާންމުން ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތަޢުލީމީ ފެންވަރު އެނގޭނެ ލިޔުމަކާއެކު 10 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ސިޓީ ފޮނުއްވުންއެދެމެވެ. މިފަހަރު ބަންޑަރަގޯއްޗަށް ކުރިމަތިނުލާ 18 އަހަރު ފުރިފައިވާ ގޮއިދޫގެ ކޮންމެ ރައްވެއްސަކަށްވެސް މިކޮމިޓީއަށް ކުރިމަތި ލެވިދާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
