އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

އެއްގަމު ލައިސަންސް ޓުރެކް ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ            

މި އިދާރާއިން ދޭ ކުރެހުމާއި، މައުލޫމާތާއި، އެއްގޮތަށް އަމިއްލަތަކެތީގައި އެއްގަމު ލައިސަންސް ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ. 

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައްތައް  ކުރިއަށް  ގެންދެވުން  އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް  ބޭނުންވެލައްވާ ފަރާތްތަކުން ބިޑްރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 09 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބިޑްރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/250ރ އެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

އދ ދިގުރަށު ކައުންސިލް އިދާރާ

އާދިއްތަ

09/11/2025

11:00

ބިޑް ހުށަހެޅުން

އދ ދިގުރަށު ކައުންސިލް އިދާރާ

އާދިއްތަ

16/11/2025

11:00

ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

28 އޮކްޓޫބަރު 2025
ހޯދާ