މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ކާބޯތަކެތީގެ މަޢުރަޒެއް ބޭއްވުމާއި ގުޅޭ

ނަންބަރު: (IUL)303-EDMS/303/2025/69

އިޢުލާން

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ކާބޯތަކެތީގެ މަޢުރަޒެއް ބޭއްވުމާއި ގުޅޭ

                           އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން 2025 ނޮވެމްބަރ 08 ވާ ހޮނިހިރު ދުވަހު ކާބޯތަކެތީގެ މަޢުރަޒެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މަޢުރަޒުގައި ބައިވެރި ކުރެވޭނީ އަމިއްލަ އުފެއްދުންތަކުން ހަދާ ކާނާއާއި ގަސްގަހުގައި އަޅާ މޭވާ ތަރުކާރީ ފަދަ ތަކެއްޗެވެ. އަދި މީގެ އިތުރުން އުނގޫފާރުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ހައްދާ ތަކެތި މި މަޢުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މަޢުރަޒުގައި އެންމެ ގިނަ ވައްތަރުތައް ބައިވެރިކުރާ ފަރާތްތަކުގެ މެދުގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މަޢުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 5 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މި އިޢުލާނާއިއެކު ޤަވާއިދު ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

                                                  

ލިންކް: https://forms.gle/EbuxSYcaLfmfpL2j9

28 އޮކްޓޫބަރު 2025
ހޯދާ