ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިޒުގެ ރިޔާސީ ވަޢުދުގުޅުގެ ދަށުން، ދިވެހި ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިއްމަވާފައިވާތީ، މިރަށުގެ ގޭގޭގައި ދިރިއުޅޭ، ވަކިން ކައްކާ ކައިބޮއިހަދާ (އެއްގެއެއްގައި ވަކިން ކައްކާ ކައިބޮއިހަދާ) ގޭބީސީ ތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ.
ގޭބީސީއެއްގެ ގޮތުގައި ބަލާނީ ވަކިން ކައްކާ ކައިބޮއި ދިރިއުޅޭމުންދާ ދިވެހި ޢާއިލާތަކަށެވެ. ބިދޭސީ ގޭބީސީ އާއި ފަޅުގެތައް ނުހިމެނޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، 2025 ނޮވެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެއްގެއެއްގައި ވަކިން ކައްކާ ކައިބޮއިހަދާ ގޭބީސީތަކުން މިއިދާރާގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ 6584030 ނަންބަރ 7339830 ވައިބަރ ނަންބަރުންނެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
