މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާ އާއި ޕްރީ ސްކޫލް ހިންގާ އިމާރާތުގައި ހުރި ތަކެތި ނީލަންކިއުން

މިއިދާރާ އާއި ޕްރީ ސްކޫލް ހިންގާ އިމާރާތުގައި ހުރި ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުން އޮންނާނީ 4 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައެވެ. ނީލަން ކިއުމަށް ފަށާނީ ކައުންސިލް އިދާރާއިންނެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ކޮންމެ ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/5ރ (ފަސް ރުފިޔާ) އެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށްވެސް ދެންނެވީމެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މިދަންނަވާ މުއްދަތުގައި ( 28 އޮކްޓޯބަރު 2025 އިން 30 އޮކްޓޯބަރު 2025 އަށް މި 03  ދުވަހުގެ ) 9:00 އިން 14:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގަތުމުން އިތުރު ތަފުޞީލު ދެވޭނެއެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 02  ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.  

ވީމާ ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 16:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވުމުން ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

05 ޖުމާދަލްއޫލާ  1447

27 އޮކްޓޯބަރު 2025

27 އޮކްޓޫބަރު 2025
ހޯދާ