މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ، އިޖްތިމާޢީ ސަރަހައްދުތަކާއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުނި އެންދުން މަނާކުރުމާ ގުޅޭ

ރަށުގެ އިޖްތިމާޢީ ސަރަހައްދުތަކުގަޔާއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހުރި މިދިލި އަދި މިނޫންވެސް ގަސްގަހުގައި ހުއިވަނި އެޅުމުގެ ސަބަބުން، ހުކުރު ދުވަހުގެ ހެނދުނު ކުނި އެންދުމަށް ދެވުނު ލުޔާ ގުޅޭގޮތުން ދަންނަވަމެވެ.

ރަށުގެ އެއްވެސް ތަނެއްގައި (ގެވަޅުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ހިމެނޭހެން) އަލިފާން ރޯކޮށް ކުނި އެންދުމަކީ މަނާކަމެއްކަމަށް މިކައުންސިލުގެ 160 ވަނަ ޖަލްސާއިން ނިންމާފައިވާތީ، 1 ނޮވެންބަރު 2025 އިން ފެށިގެން ކެނދިކުޅުދޫގެ އިޖްތިމާޢީ ސަރަހައްދުތަކާއި ރަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުނި އެންދުމަކީ މަނާކަމައް ކަމުގައި ދަންނަވަމެވެ. ކުނި އެންދުމާއި ގުޅިގެން ޝަކުވާއެއް ކައުންސިލަށް ލިބިއްޖެނަމަ، އެކަމެއް ބަލާ އެފަރާތަކަށް ފިޔަވަޅު އަލާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، 1 ނޮވެންބަރު 2025 ވާ ހޮނިހިރު ދުވަހުން ފެށިގެން ކުނި ނައްތާލުމަށާއި އަދި އެއްވެސް ބޭނުމެއްގައި ރަށުގެ އެއްވެސް ތަނެއްގައި އަލިފާން ރޯކޮށް ކުނި އެންދުމަކީ މަނާކަމެއްކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

5     ޖުމާދުލްޢޫލާ    1447

27    އޮކްޓޯބަރު     2025

27 އޮކްޓޫބަރު 2025
ހޯދާ