ދިވެހިރާއްޖެ
ހއ. އުލިގަމުގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 0.7 މޭލު ބޭރުގައި އަމިއްލަ ފަރާތަކުން ނުވަތަ ފަރާތްތަކަކުން ކަނދުފައްޗެއް ޤާއިމުކޮށްފައިވާކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ. ގަވާއިދު ނަންބަރު 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ގަވާއިދު) ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރުކުރެވޭނީ މި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ޙަވާލުކުރާ ފަރާތަކަށެވެ.
އިސްވެ ދެންނެވުނު ފަދައިން މި ކަނދުފައްޗަކީ ޤާނޫނާ ޚިލާފަށް ޤާއިމުކޮށްފައިވާ ކަނދުފައްޗެކެވެ. ނަމަވެސް މި ކަނދުފަތި ޤާއިމުކޮށްފައިވަނީ ކޮން ފަރާތަކުންކަން މިނިސްޓްރީން ބެލި ބެލުމުން މިހާތަނަށް ހޯދިފައި ނުވާތީ، މި ކަނދުފަތި ޤާއިމުކޮށްފައިވާ ފަރާތުން ނުވަތަ ފަރާތްތަކުން، މި އިޢުލާނުގައިވާ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މި ކަނދުފަތި ޤާއިމުކޮށްފައިވާ ސަރަޙައްދުން ނެގުމަށް އަންގަމެވެ. އަދި މި މުއްދަތުގައި ކަނދުފަތި ނަގާފައި ނުވާނަމަ، މިނިސްޓްރީގެ ފަރާތުން މި ކަނދުފަތި ނަގުމަށްފަހު، ކަނދުފަތީގެ އެންމެހައި ބައިތައް ނައްތާލާނެ ކަމުގައި ދެންނެވީމެވެ.
