ދިވެހިރާއްޖެ
ދިވެހި ސަރުކާރަށް ވޯލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) އަދި އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓްގެ ބޭނުމަށް ޔުޓިލިޓީ ފީލްޑް މޮނިޓަރިންގ އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ މައުލޫމާތު ކަރުދާސްގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ.
ޕްރީބިޑް ބައްދަލުވުން
މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޮކްޓޯބަރ 30 ވާ ބުރާސްފަތި ދުވަހު 10:00ގައި، މި މިނިސްޓްރީގެ ޕީ.އެމް.ޔޫ މީޓިންގް ރޫމް (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ) ގައެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ނަމަ 2025 ނޮވެމްބަރ 5 ވާ ބުދަ ދުވަހު 12:00ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަން ހުށަހެޅުން
މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ޕީ.އެމް.ޔޫ މީޓިންގް ރޫމްގައި (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ) މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
ޕްރޮޖެކްޓް މެނޭޖަރ
އެސްޕަޔަރ/ އެރައިޒް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު:3019219
