މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން "ބުކްސް އޮފް ރެކޯޑްސް" ގެ ނަމުގައި ރަށްރަށުގައި ކުރިއަށް ގެންދާ އެކި ހަރަކާތްތަކާ ގުޅޭގޮތުން މުޢާމަލާތް ކުރާނެ ފަރާތެއް ހޯދުމާގުޅޭ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ރަށްރަށުގެ ޙާއްސަ މައުލޫމާތުތައް ދެނެގަނެ، ރަށްރަށާމެދު ފަތުރުވެރިން ޝައުގުވެރިކުރުމަށް، ބުކްސް އޮފް ރެކޯޑްސްގެ ނަމުގައި ކުރިއަށް ގެންދަން ބޭނުންވާ އެކި ހަރަކާތްތަކަށް ރަށްރަށުގެ އެކި ގެސްޓްހައުސްތަކާ، NGO ތަކާ، ޖަމުޢިއްޔާތަކުގެ އެހީތެރިކަން ބޭނުންވާތީ މިކަންކަމާ ގުޅޭގޮތުން މުޢާމަލާތް ކުރުމަށް ކަނޑައަޅާ ފަރާތެއްގެ މައުލޫމާތު ބޭނުންވާކަމުގައި ވަނީދަންނަވާފައެވެ.
އެހެންކަމުން، ދެންނެވިފައިވާ ކަންކަމާ ގުޅޭގޮތުން މުޢާމަލާތް ކުރުމަށް ރަށުގައި ހިންގާ NGOތަކާ، ގެސްޓް ހައުސްތަކާ، ޖަމުޢިއްޔާތަކުން ކަނޑައަޅާ ފަރާތެއްގެ ނަމާއި، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް 2025 އޮކްޓޫބަރު 30ގެ 14:00ގެ ކުރިން މި ކައުންސިލަށް ފޮނުވައިދެއްވުންއެދެމެވެ.
04 جمادى الاولى 1447
26 އޮކްޓޫބަރު 2025
ހޯދާ
