ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު 8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / ޗާންސެލަރ ބިއުރޯ

ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ޝަރުޠު:

 

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ފުޅާ ދާއިރާއެއްގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ލެވެލް 8/9 ގެ ޕޯސްޓްގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޗާންސެލަރ ބިއުރޯގެ އެންމެހައި އިދާރީ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ޗާންސެލަރ އާއި ވައިސް ޗާންސެލަރގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން.
  • ޗާންސެލަރ އާއި ވައިސް ޗާންސެލަރ އެކި މުނާސަބާތަކާ ގުޅިގެން ދެއްވާ ތަޤްރީރްތަކާއި ޑޮކިއުމަންޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެފަދަ ލިޔުންތައް ތައްޔާރުކުރުން.
  • ޗާންސެލަރގެ ބިއުރޯއަށް ލިބޭ ސިޓީތައް ބަލައި، އެ ސިޓީތައް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވައި، ސީދާ ޖަވާބުދާރީވާންޖެހޭ ސިޓީތަކަށް ޗާންސެލަރ އާއި ވައިސްޗާންސެލަރގެ އިރުޝާދާ އެއްގޮތަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • ޗާންސެލަރ ބިއުރޯގެ އަހަރީ ރިޕޯޓާއި، އިދާރީގޮތުން ތައްޔާރުކުރަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާބެހޭ ސެކްޝަންތަކަށާއި އިދާރާތަކަށް ހުށަހެޅުން.
  • ޗާންސެލަރ އާއި ވައިސް ޗާންސެލަރ ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓްތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ މީޑިޔާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ފޯމް ލިބެން ހުންނާނީ، މި ޔުނިވަރސިޓީގެ ރިސެޕްޝަނުންނެވެ.)
  2.  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ،އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

މަޤާމު:

ޑިރެކްޓަރ (ހިއުމަން ރިސޯސަސް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު 8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ޝަރުޠު:

 

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ފުޅާ ދާއިރާއެއްގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ލެވެލް 8/9 ގެ ޕޯސްޓްގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުވައްޒަފުންނާ ބެހޭ ކަންތައްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރާވައި ހިންގުން.
  • ވަޒީފާ ދިނުން، ވަޒީފާއިން ވަކިކުރުން، ޗުއްޓީ ދިނުން. 
  • މުވައްޒަފުން ޔުނިވަރސިޓީގެ މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށް ގެންދިއުން.  
  • މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދިމާވާ މައްސަލަތަކަށް ޔުނިވަރސިޓީގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެމަތިން ޙައްލު ހޯދައިދިނުން.
  • މުވައްޒަފުންގެ ސިޔާސަތުތައް ކަނޑައެޅުމާއި، މަސައްކަތުގެ ޤަވާޢިދުތައް ތަންފީޒުކޮށް، އަތްމަތީ ފޮތް ތައްޔާރުކުރުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، މުވައްޒަފުންގެ ތަމްރީންކުރުމުގެ ކަންތައް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ޔުނިވަރސިޓީގެ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.
  • ޔުނިވަރސިޓީގެ އެޑްމިން އެންޑް އެޗް. އާރު ޑިޕާޓްމަންޓުގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި، ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
  • މީގެ އިތުރުން، ޔުނިވަރސިޓީގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތެއް ބަރާބަރަށް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ  ވަޒީފާއަށް އެދޭ ފޯމް (ފޯމް ލިބެން ހުންނާނީ، މި ޔުނިވަރސިޓީގެ ރިސެޕްޝަނުންނެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

މަޤާމު:

ޑިރެކްޓަރ (ފައިނޭންސް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު 8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / ފައިނޭންސް ޑިޕާރޓްމަންޓް

ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ޝަރުޠު:

 

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. އެކައުންޓިން/ފައިނޭންސް ދާއިރާއިން ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ފުޅާ ދާއިރާއެއްގެ އެކައުންޓިންގ/ފައިނޭންސް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ލެވެލް 8/9 ގެ ޕޯސްޓްގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުން.
  • ޔުނިވަރސިޓީގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނަ ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ފައިސާގެ މުޢާމަލާތްތައް ޔުނިވަރސިޓީއަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ، މެނޭޖްމަންޓަށާއި ކައުންސިލަށް ދިނުން.
  • ޔުނިވަރސިޓީގެ އަހަރީ ހިސާބުތަކާއި ކައުންސިލަށް ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.
  • ޔުނިވަރސިޓީން ހިންގާ އެންމެހައި ޕްރޮގްރާމުތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމުތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
  • ފައިސާގެ މުޢާމަލާތްތައް ހިނގާނުހިނގާގޮތް ބަލައި، އެންމެހައި މުޢާމަލާތްތައް ހިނގަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަނޑުތަކުގެ ތެރެއިންކަން ޔަގީންކުރުން.
  • ޔުނިވަރސިޓީން ޢަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްތަކަކީ ފައިސާގެ މުޢާމަލާތްތަކަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ބާރުއަޅާ ކޮންޓްރޯލްތަކެއްކަން ޔަގީންކުރުން.
  • ޔުނިވަރސިޓީގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމާއެކު، ޔުނިވަރސިޓީން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު ޔުނިވަރސިޓީ ހިންގާފައިވާގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
  • ޔުނިވަރސިޓީގެ ފައިނޭންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށްގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް(ފޯމް ލިބެން ހުންނާނީ، މި ޔުނިވަރސިޓީގެ ރިސެޕްޝަނުންނެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

މަޤާމު:

ޑިރެކްޓަރ (އައި.ސީ.ޓީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު 8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / އައި.ސީ.ޓީ ޑިޕަރޓްމަންޓް

ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ޝަރުޠު:

 

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ކޮމްޕިއުޓަރ ސައިންސް/އައި.ޓީ ގެ ދާއިރާއިން ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ފުޅާ ދާއިރާއެއްގެ އައި.ޓީ / މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ލެވެލް 8/9 ގެ ޕޯސްޓްގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ބެލުމުގެދަށުން ހިންގާ އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާރކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މި މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
  • ޔުނިވަރސިޓީ މެނޭޖްމަންޓް ސިސްޓަމުގެ އެޑްމިނިސްޓްރޭޓަރެއްގެގޮތުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި، ސިސްޓަމް ދުވަހީގޮތެއްގައި ބޭނުންހިފޭނެ އިންތިޒާމު ހަމަޖައްސައި، ތަރައްޤީކޮށް، މި ސިސްޓަމްގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަށް މަސައްކަތް ކުރުމާއި، މިކަމާ ގުޅޭ ތަމްރީން ހިންގުން.
  • ޔުނިވަރސިޓީގެ އިދާރީ ހިންގުމަށް ބޭނުންވެގެން ހަދާ/ހޯދާ އެހެނިހެން ސޮފްޓްވެއަރތައް ބެލެހެއްޓުމާއި، އެފަދަ ސޮފްޓްވެއަރތައް  ލިޔުމާއި  އިތުރަށް  ތަރައްޤީކުރުން.  މީގެ  އިތުރުން،  ތަނުގެ  ބޭނުމަށް  ހޯދަންޖެހޭ ސޮފްޓްވެއަރ ދެނެގަނެ، އެ ހޯދުމުގައި އެހީތެރިވުން.
  • ޔުނިވަރސިޓީއަށް ބޭނުންވާ ސޮފްޓްވެއަރ ފަރުމާކޮށް ބެލެހެއްޓުމާއި، ނެޓްވާރކުގެ ޒަރީޢާއިން  އިދާރާ/ފެކަލްޓީ/ސެންޓަރތަކަށް ސޮފްޓްވެއަރ ބޭނުންކޮށްގެން ދޭންޖެހޭ ސަރވިސްއެއް ދިނުމަށްޓަކައި ފަރުމާކުރަންޖެހޭ ސޮފްޓްވެއަރ އަންގާގޮތެއްގެމަތިން ފަރުމާކޮށް ބެލެހެއްޓުން.
  • ނެޓްވާރކު މައްސަލަތައް ކުޑަކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ އަދި ބޭނުންވާ އެންމެހައި ކަންތައްތައް ކުރުމާއި، ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ފަހުގެ ޓެކްނޮލޮޖީތަކާ ޓެކްނިކްތައް ދެނެގަނެ، އެ ކަންތައްތަކުގެ އެހީގައި ނެޓްވާރކުގެ ސެކިޔުރިޓީ އަންގާގޮތެއްގެމަތިން ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް އީމެއިލްގެ ޚިދުމަތްވީހާވެސް ޚަރަދުކުޑަ، ބޭނުންތެރިގޮތަކަށް ދިނުމާއި، އެކަންތައް އަންގާގޮތެއްގެމަތިން ބެލެހެއްޓުން.
  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އާ ޓެކްނޮލޮޖީތައް ދެނެގަނެ، އެކަންތައް ދަސްކޮށް، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާހުރި ކަންތައްތައް ތަޢާރަފްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • މީގެ އިތުރުން، ޔުނިވަރސިޓީގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ހަވާލުކުރެވޭ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- ފުރިހަމަކޮށްފައިވާ  ވަޒީފާއަށް އެދޭ ފޯމް( ފޯމް ލިބެން ހުންނާނީ، މި ޔުނިވަރސިޓީގެ ރިސެޕްޝަނުންނެވެ.)

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މި ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015
ހޯދާ