ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓަންޓް

އިޢުލާން

ލޯކަލް ކޮންސަލްޓަންޓް

މި ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން ހެދުމަށާއި އެކެޑެމިކް ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރުމަށްޓަކައި ލޯކަލް ކޮންސަލްޓެންޓަކު ބޭނުންވެއެވެ.

މިކަމަށް އެދި ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތަކުން ތިރީގައި ބަޔާންވެފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  • ކޮންސަލްޓެންޓުގެ ޕްރޮފައިލް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލާއި ރިފަރެންސް ލިއުންތައް.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.

 ކޮންސަލްޓެންސީގެ ޓާރމްސް އޮފް ރިފަރެންސް މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ޓެލެފޯނު ނަންބަރު 3321295 އަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015
ހޯދާ