އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނަންބަރ (IUL)353/353/2025/83 (16 އޮކްޓޯބަރ 2025) ގައިވާ މުސާރައިގެ ކުށެއް އިސްލާހުކުރުން.

                                                                             ނަންބަރު: (IUL)353/353/2025/85

       އިޢުލާން

މި ކައުންސިލް އިދާރާގެ ނަންބަރ (IUL)353/353/2025/83 (16 އޮކްޓޯބަރ 2025) ގައިވާ މުސާރައިގެ ކުށެއް އިސްލާހުކުރުން.

                  މި ކައުންސިލް އިދާރާގެ ނަންބަރު (IUL)353/353/2025/83 (16 އޮކްޓޯބަރ 2025) އިން 5(ފަހެއް) ސަޕޯޓް ސްޓާފް ހޯދުމަށް ކޮށްފައިވާ އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

                  ހަވާލާދެވިފައިވާ ނަންބަރު އިޢުލާނުގައި ސަޕޯޓް ސްޓާފުންގެ މުސާރައަކަށް، ހާޞިރުވެ މަސައްކަތްކުރާ ގަޑިއިރަކަށް 50ރ (ފަންސާސް ރުފިޔާ) ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. އެ އިޢުލާނުގައިވާ ސަޕޯޓް ސްޓާފުންގެ މުސާރައަށް ކައުންސިލުން ފާސްކޮށްފައިވާ އަގަކީ ހާޞިރުވެ މަސައްކަތްކުރާ ގަޑިއިރަކަށް 70ރ (ހަތްދިހަ ރުފިޔާ) އެވެ.

                 ވީމާ، މި ކައުންސިލް އިދާރާގެ ނަންބަރ (IUL)353/353/2025/83 (16 އޮކްޓޯބަރ 2025) އިން ކޮށްފައިވާ އިޢުލާނުގެ މުސާރައަކީ ހާޞިރުވެ މަސައްކަތްކުރާ ގަޑިއިރަކަށް 50ރ (ފަންސާސް ރުފިޔާ) ގެ ބަދަލުގައި 70ރ (ހަތްދިހަ ރުފިޔާ) ކަމުގައި އަންގައި އިޢުލާންކުރަމެވެ.

01 ޖުމާދުލްއާޚިރު 1447                                         

                           23 އޮކްޓޯބަރ 2025

 

23 އޮކްޓޫބަރު 2025
ހޯދާ