މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތުގެ އިރުމަތިން އޮތް ހުސްބިމުގައި ފެންހިންދާ ކާނެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުން.

          ހުކުރު މިސްކިތުގެ އިރުމަތިން އޮތް ހުސްބިމުގައި ފެންހިންދާ ކާނެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޯބަރ 29 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުން އެދެމެވެ. މަސައްކަތް ކޮށްދެވޭނެ މުއްދަތު މި ކޮޓޭޝަންގައި ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަނާއެކު ހުށަހަޅަންވާނެއެވެ.

          ފެން ހިންދުމަށް ތައްޔާރުކުރާ ކާނުގެ ކުރެހުމާއި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ކަރުދާހެއް މި އިޢުލާނާއެކު ބެހެއްޓި ފައިވާނެއެވެ.

          އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ހުށަހަޅާ ފަރާތްތަކުން އީމެއިލް ކުރަށްވާނީ  [email protected] މި އީމެއިލްއެޑްރެހަށެވެ. އަދި މި މަސައްކަތާގުޅޭގޮގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރަށްވާނީ  [email protected] މި އީމެއިލްއެޑްރެހަށެވެ.

          މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އޮކްޓޫބަރު 2025
ހޯދާ