ދިވެހިރާއްޖެ
"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓަރ 2025" މުބާރާތަށް ދަނޑު ތައްޔާރުކޮށްދިނުމާއި، ރަށުތެރެ ޒީނަތްތެރިކޮށްދިނުމާއި ބައިވެރިވާ ޓީމްތަކަށް މަރުހަބާ ދެންނެވުމުގެ ކަންކަމާއި އަދި އެހެނިހެން ކަންކަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ބ. އަތޮޅު ކައުންސިލް އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ " ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓަރ 2025 " ފުޓްސަލް މުބާރާތަށް ދަނޑު ތައްޔާރުކޮށްދިނުމާއި، ރަށުތެރެ ޒީނަތްތެރިކޯށްދިނުމާއި ބައިވެރިވާ ޓީމްތަކަށް މަރުހަބާ ދެންނެވުމުގެ ކަންކަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށްފަހު 28 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 12.30 ގައި މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ލިންކު: https://forms.office.com/r/DkWTsN0BiK
ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
1- ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލެވުމަށް ސަމާލުކަން ދޭންވާނެއެވެ.
2- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
3- ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
4- މި ބީލަމާއިގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމ26 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
5- ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 28 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 12.35 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
30 ރަބީޢުލްއާޚިރު 1447
