މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަބްލިކް ވޯރކް ސާރވިސްއަށް ދޫކޮށްފައިވާ ސައިޓުގައިހުރި ތަކެތި ނެގުމާއި ގުޅޭ

މިރަށުގައި ޕަބްލިކް ވާރކް ސައިޓް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި (ރ. މާކުރަތު ނޫތަރި އަދި ތިންތަރި އެވެ ކިޔާ ގޯތީގެ އިރުމަތި ބްލޮކް) އާންމު ފަރާތްތަކުގެ ތަކެތި (ރުއް އަދި ގަސް ފިޔަވާ ) ނަގަން ބޭނުންވެއެވެ.

        ވީމާ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ތަކެތީގެ ވެރިފަރާތްތަކުން ތަކެތި ނެންގެވުމަށް ދެންނެވީމެވެ.  މި މުއްދަތުގެ ތެރޭގައި ތަކެތި ނުނަގައިފިނަމަ ، ވެރިފަރާތެއް ނެތް ތަކެތި ކަމަށްބަލައި، މިފަދަ ތަކެތި ކައުންސިލުން ނައްތާލެވޭ އުޞޫލުގެ ދަށުން ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

22 އޮކްޓޫބަރު 2025
ހޯދާ