މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީގެ ފަރާތުން ކަސަބު ވިޔަން ދަސްކޮށްދޭ ކޯހެއް ހިންގުމާ ގުޅޭ

މިކޮމެޓީ އާއި ފަތްމިނި އެސޯސިއޭޝަން ގުޅިގެން ނޮވެމްބަރ މަހު ކަސަބު ވިޔަން ދަސްކޮށްދޭ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ދުވަހުގެ މުއްދަތައް މަދުވެގެން 15 ބައިވެރިން ހަމަވާނަމައެވެ. ކޯހުގެ ފީއަކީ -/2000 ( ދެހާސް ) ރުފިޔާ އެވެ. ކޯހުގައި ބޭނުންކުރާ ތަކެތި ކޯސް ހިންގާ ފަރާތުން ފޯރުކޮށްދޭނެ ވާހަކަ ދަންންވަމެވެ.   

ވީމާ، މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 29 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މާކުރަތު ކައުންސިލްގެ އިދާރާއަށް 6584030 ގުޅުއްވާ ނަން ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރައީސާގެ ނަންބަރު 9726728 އަދި ކޮމިޓީގެ ނައިބު ރައީސާގެ ނަންބަރު 9757838 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޮކްޓޫބަރު 2025
ހޯދާ