މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުން

    މިރަށު ޤަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޯބަރ 28 ވާ އަންގާރާ ދުވަހުގެ މެންދުރު 14:00ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުން އެދެމެވެ. މަސައްކަތް ކޮށްދެވޭނެ މުއްދަތު މި ކޮޓޭޝަންގައި ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަނާއެކު ހުށަހަޅަންވާނެއެވެ.

    އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ހުށަހަޅާ ފަރާތްތަކުން އީމެއިލް ކުރަށްވާނީ  [email protected] މި އީމެއިލްއެޑްރެހަށެވެ.

    މި މަސައްކަތްކޮށްދިނުމަށް ހޮވޭ ފަރާތް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ މިންގަޑުތަށް.

 

ދާއިރާ

އިންސައްތަ

ތަފްސީލް

އަގު

60%

  • ހުށަހަޅާ އެންމެ ކުޑަ އަގަށް ދެވޭ މާކްސް.
  • މިބަޔަށް މާކްސްދޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން.

މުއްދަތު

40%

  • ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތަށް ދެވޭ މާކްސް.
  • މިބަޔަށް މާކްސްދޭނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން.

ޖުމްލަ

100%

 

 

މައިގަނޑު މަސައްކަތްތައް:

  1. ޤަބުރުސްތާނުގައި ހެދިފައިވާ ވިނަތައް ނޮޅައި ބިން ސާފުކުރުން (ނޮޅައި ނެގޭ ވިނަތަށް ކައުންސިލް އިދާރާއިން އަންގާ ތަނަކަށް ގެންގޮސް ނައްތާލުން)
  2. ދުންނިކަގަހުގެ ތިރިވެފައިވާ  އަފިތައް ކޮށުން.
  3. ޤަބުރުސްތާނު ނޮޅުމުގެ ތެރޭގައި ނެގޭ ގަލާއި އަކިރި އަދި ފަނާނުވާ ޒާތުގެ ކުނިނަގައި މިފަދަ ކުނިތައް  ނައްތާލުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ނައްތާލުން.

 

 

    މި މަސައްކަތާގުޅޭގޮގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ 4001060 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

    މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 އޮކްޓޫބަރު 2025
ހޯދާ