ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025

ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025

ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025" އަކީ މީޑިއާ ދާއިރާއަށް ޝައުޤުވެރި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަ މަސްދުވަހުގެ ޚާއްސަ ޕްރޮގްރާމެކެވެ.  ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، މީޑިއާ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަމްރީނުކޮށް އުފެއްދުމެވެ. ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ބައިވެރިންނަށް ޚަބަރާއި ޕްރޮގްރާމް އުފެއްދުމުގެ ހުނަރު ދަސްވެ، ޕްރޮފެޝަނަލް ޕޯޓްފޯލިއޯއެއް އެކުލަވާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ޕީއެސްއެމްގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކޮށް، އަމަލީ ތަޖުރިބާ ހޯދައި، ވަޒީފާގެ ދާއިރާއަށް ނުކުތުމަށް މަގުފަހިވާނެއެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، ކުންފުނިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ފަރާތްތަކަށް، ޕީއެސްއެމްގެ ދާއިމީ ވަޒީފާގެ ފުރުޞަތު ލިބިގެންދާނެއެވެ.

ބޭނުންވާ ޢަދަދު:

 15

މަސައްކަތްކުރަން ޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓްސް

- ޓީވީ ޕްރޮޑަކްޝަން

- ނިވްސް އެންޑް ކަރަންޓް އެފެއާރޒް

ފެލޯޝިލްގެ ބާވަތް:

 6 މަސް ދުވަހުގެ ކޮންޓްރެކްޓް

ރަސްމީ މަސައްކަތު ވަގުތު:

ދުވާލަކު 6 ގަޑިއިރު

އުޖޫރަ:

-/5،000 ރުފިޔާ

ފެލޯޝިޕް އެލަވަންސް:

-/3،000 ރުފިޔާ

ޝަރުތު:

  • ޖީސީއީ އޯލެވެލް ހަދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައި).
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން. (ލިބިފައިވާ ނަމަ).
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • ފެލޯޝިޕަށް ކުރިމަތިލާ ފަރާތްތަކުން، ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • ފެލޯޝިޕަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ސުންގަޑި

މި ފެލޯޝިޕް ޕްރޮގްރާމަށް އެދިލައްވާ ފަރާތްތަކުން 30 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000368 އާއި ގުޅުއްވުން އެދެމެވެ.

21 އޮކްޓޫބަރު 2025
ހޯދާ