މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާއެކެވެ.

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން.
  • މަލްޓި މީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިންއާ ގުޅުންހުރި ސެޓްފިކެޓެއް ހާސިލްކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި އެޑޯބީ ކްރިއޭޓިވް ސޫޓް، ވީޑިއޯ އެޑިޓިން އަދި އެނިމޭޝަންގެ އިތުރުން ފޮޓޯ އަދި ވީޑިއޯގްރަފީގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ވިޝުއަލް ކޮންޓެންޓް ޑިވެލޮޕްކޮށް ޑިޒައިންކުރުން
  • އިވެންޓަތަކުގެ ވީޑިއޯ ތައްޔާރުކުރުމާއި ފޮޓޯ ނެގުން
  • މަލްޓިމީޑިއާ ކޮންޓެންޓާއި ނޫސްބަޔާންތައް ތައްޔާރުކުރުން އަދި މީޑިއާ ފައިލްސްތައް ޑޮކިއުމަންޓްކޮށް ރިކޯޑް ކުރުން.

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

21 އޮކްޓޫބަރު 2025
ހޯދާ