ދިވެހިރާއްޖެ
އިޢުލާން
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ހއ.ކެލާ ޓީމުގެ ކަންކަން އިންތިޒާމްކޮށް ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ހއ. ކެލާގައި ރަޖިސްޓްރީކޮށް ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި އަދި ކުޅިވަރު އެކަޑަމީތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.
ގޯލްޑެން ފުޓްސަލްމުބާރާތް 2026 ގައި ބައިވެރިވާ ހއ.ކެލާ ޓީމުގެ އެންމެހާ ކަންކަން އިންތިރާމްކޮށް، ޓީމްގެ ހުރިހާކަމެތް މެނޭޖުކޮށްދޭނެ ފަރާތެއް ހޯކިމަށް ކުރެވުނު ނަންބަރ: (IUL)249-M/249/2025/86 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުވުމުން އެ އިޢުލާން ބާތިލްކޮ އަލުން އިޢުލާން ކުރަމެވެ.
ގޯލްޑެން ފުޓްސަލްމުބާރާތް 2026 ގައި ބައިވެރިވާ ހއ.ކެލާ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، އަދި ޓީމްގެ ހުރިހާކަމެއް މެނޭޖުކޮށް ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ހއ. ކެލާގައި ރަޖިސްޓްރީކޮށް ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި އަދި ކުޅިވަރު އެކަޑަމީތަކަށް އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުގުވެރިވާ މިދެންނެވި ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން
|
21 އޮކްޓޯބަރ 2025 އިން 27 އޮކްޓޯބަރ 2025 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
27 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
04 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ހއ.ކެލާގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު،ޖަމްޢިއްޔާ. ޖަމާއަތްތަކަށެވެ.
2- ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.
3- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]