ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރްއާން މުބާރާތް – 1447 ގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ހުޅުވާލުން
'މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1447' 06 ނޮވެމްބަރ 2025 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތަށް އިއުލާންކުރުމުން ބައިވެރިވެފައިވާ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައި ވާނެއެވެ.
ވީމާ، މުބާރާތުގައި ބައިވެރިވެފައިވާ ފަރާތެއްގެ މަޢުލޫމާތުގެ އެއްވެސް ކުށެއްވާނަމަ 28 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ އިދާރާގެ ހޮޓްލައިން ނަންބަރ 9356677 އަށް ވައިބަރ މެސެޖް ކުރައްވައިގެން ނުވަތަ ކައުންސިލްގެ މެއިލް [email protected] އަށް ހުށަހެޅުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
21 އޮކްޓޫބަރު 2025
ހޯދާ
