ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ޓާފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 13:15 ގެ ކުރިން https://shorturl.at/GmDFC މި ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ. ފައިސާ މިއިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް ގޫގަލް ފޯމަށް އެޓޭޗްކޮށްދެއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގެ ކޮންފަރެންސް ރޫމްގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
|
ތަފްޞީލް |
ތާރީޚް |
ގަޑި |
ދުވަސް |
ތަން |
|
ބިޑް ރެޖިސްޓްރޭޝަން (-/150 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ނެގޭނެއެވެ.) |
29 އޮކްޓޯބަރ 2025 |
13:15 |
ބުދަ |
ކައުންސިލްގެ އިދާރާ ކޮންފަރެންސް ރޫމް |
|
އަންދާސީ ހިސާބު ހުށަހެޅުން |
06 ނޮވެމްބަރ 2025 |
13:15 |
ބުރާސްފަތި |
ކައުންސިލްގެ އިދާރާ ކޮންފަރެންސް ރޫމް |
މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 9897800 / 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.
