މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ބިލްޑު އެންޑް މެއިންޓަނަންސް އުޞޫލުން ހުޅުމާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް – ދާރުއްސަލާމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހުޅުމާލެ ފޭސް-1 ގެ ލޮޓް ނަންބަރު 11646 ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ "ދާރުއްސަލާމް" ވަޤްފް ޢިމާރާތުގެ މަސައްކަތް "ބިލްޑް އެންޑް މެއިންޓަނަންސް" އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ކެޓަގަރީ GC-01-1 ގެ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ތިރީގައިވާ ލިންކު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެވެ.

Dharul Salaam

 

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/eseTPy7rni

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ 16:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 އޮކްޓޫބަރު 2025
ހޯދާ