ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ހޯނޑެއްދޫ އެފް.ސީ ސްޕޮންސަރ ކުރުމާގުޅޭ

އެފް.އޭ.އެމް އަތޮޅު ފުޓްބޯޅަ މުބާރާތް 2025 ވަނަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މި މުބާރާތުގައި ވާދަކުރާނެ ހޯނޑެއްދޫ އެފް.ސީ އަށް އެހީތެރިވެދޭނެ ސްޕޮންސަރުން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ ލޯގޯ އަދި ބްރޭންޑިންގ ޓީމުގެ ޖާޒީގައި ހިމެނުމުގައި ޢަމަލުކުރެވޭނީ އެފް.އޭ.އެމް އިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ހޯނޑެއްދޫ އެފް.ސީ ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރެވޭ އެންމެހައި ޕޯސްޓުތަކުގައި ސްޕޮންސަރުންގެ ނަން އަދި ބްރޭންޑިންގ ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

  1. ޓީމްގެ ހޯމް ޖާޒީ އަދި އަވޭ ޖާޒީ (ޖާޒީ، ސޯޓް އަދި އިސްޓާކީން) - 30 ކުޅުންތެރިން
  2. ޓީމްގެ އޮފިޝަލްސް ހޯމް ޖާޒީ އަދި އަވޭ ޖާޒީ (ޖާޒީ، އަދި ޓްރަކްސޫޓް) - 10 އޮފިޝަލުން
  3. ޓީމްގެ ޕްރެކްޓިސް ހޯމް ޖާޒީ އަދި އަވޭ ޖާޒީ – 2 ސެޓް (ޖާޒީ، ސޯޓް އަދި އިސްޓާކީން) 30 ކުޅުންތެރިނާއި 10 އޮފިޝަލުން
  4. ޓީމްގެ ފަސްޓްއެއިޑް ކިޓް (މިފަދަ މުބާރާތެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ސައިޒުގެ)
  5. ޓީމްގެ އޮފިޝަލް ފޮޓޯގްރަފީ

ޓީމަށް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އިސްވެ ބަޔާންކުރެވުނު ހުރިހާ ކަމަކަށް އެއްކޮށް ނުވަތަ ވަކިވަކި ބައިތަކަށް ސްޕޮންސަރޝިޕް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ. ޓީމުގެ މައި ސްޕޮންސަރގެ ގޮތުގައި ހޮވޭނީ ހުށަހެޅޭ ހުރިހާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތެއްކަން ފާހަގަކޮށްލަމެވެ.

މި ސްޕޮންސަރޝިޕަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 ނޮވެމްބަރު 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސްޕޮންސަރޝިޕްގެ އަގު ކަނޑައެޅިފައިވަނީ، އިސްވެ ދެންނެވުނު ތަކެއްޗާއި ޚިދުމަތްތަކަށް ހިނގާނެކަމަށް އަންދާޒާކުރެވޭ ޖުމްލަ އަގަށް ބިނާކޮށެވެ. ސްޕޮންސަރޝިޕާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ފޮނުއްވަންވާނީ [email protected] އީމެއިލް އެޑްރެހަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                    

20 އޮކްޓޫބަރު 2025
ހޯދާ